Post banner
ރާއްޖެ

މޭޔަރ އާޒިމަށް ހަމަލާދިން މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މޭޔަރ އާޒިމަށް ހަމަލާދިން މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ގ. އީރީ / މާލެ، ޢަބްދުﷲ މުޢާޒް)35އ( -- ފޮޓޯ: ޕޮލިސް

މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމަށް ހަމަލާދިން މީހާ، ހޯދައި ހައްޔަރުކޮށް ފުލުހުން އޭނާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ގ. އީރީ / މާލެ، ޢަބްދުﷲ މުޢާޒް(35އ) ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުދީފައިވާ ކަމަށެވެ.

މޭޔަރ އާޒިމަށް ހަމަލާދީފައި ވަނީ، މިމަހުގެ 24 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލޭގެ މަގުމަތިންނެވެ. މުޢާޒް ވަނީ، މުޒާހަރާގެ ތެރެއަށް ވަދެ، މޭޔަރު އާޒިމްގެ މޭގައި އަތްއަޅައިކޮށްޕާލާފައެވެ. އަދި އެވަގުތު އާޒިމްގެ ކައިރީގައި ތިބި އެހެން މީހުން ވަނީ މުއާޒު ހުއްޓުވައި އޭނާ އާއި ކުރިމަތިލައި މާރާމާރީވެސް ހިންގާފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އާޒިމްއަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ އެމައްސަލައެއްގެ ގޮތުގައި އެމައްސަލަ ބަލައި ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް