ސަރުކާރާއި ދެކޮޅު ބޮޑު އެއްވުމަކަށް އެމްޑީޕީން ބުރާސްފަތި ދުވަހުގެރޭ ނުކުންނަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސް ނަޝީދު ---
މިސަރުކާރާއި ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޮޑު އެއްވުމެއް ބޭއްވުމަށް މަސައްކަތްފަށައިފި ކަމުގައި މައުލޫމާތު ލިބިއްޖެއެވެ،
ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕަރސަން ކަމާއި ހަވާލުވުމަށްފަހު، އެމްޑީޕީގެ މަސައްކަތްތައް ފުޅާކުރައްވައި ހަލުވި ކުރެއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ރައީސް ނަޝިދު އެމްޑީޕީގެ ޗެއަރޕަސަން ކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު، އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ބޮޑު އެއްވުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް މަސައްކަތްފަށާފައިވާ ކަމުގައި އެމްޑީޕީގެ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ގެންދަވަނީ، ދައުރު ހަމަވުމުގެ ކުރިން މިސަރުކާރު ބަދަލުކުރަން ޖެހޭކަމަށް ގޮވާލައްވަމުންނެވެ. އަދި މާދަމާރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނައިރު ބޮޑު އެއްވުމާއި ގުޅޭ ކަންކަން މާދަމާރޭ ބާއްވާ ޤައުމީ މަޖިލީހުގެ ޖަލްސާއަށް ހުށައަޅުއްވާނެ ކަމުގައި ބެލެވެއެވެ.
މިރޭ ރައީސް ނަޝީދު ވަނީ، އެމަނިކުފާނުގެ ކެމްޕޭންގައި ހަރަކާތްތެރިވި ފަރާތްތަކާއިވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީއަށް އެއްލައްކަ މެމްބަރުން ހަމަކުރެއްވުމުގެ މަސައްކަތް ކުރިޔަށް ގެންދެވުމަށްވެސް ރައީސް ނަޝިދު ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް