Post banner
ރާއްޖެ

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުގަިއ ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށްފިއެވެ.

މިކަން ފާހަގަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްލް ޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ މިހާރު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތުގައި ދެ ޑްރެޖަރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިންމައި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށާފައި ވަނީ ހުސްވި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ. މިހާރު އެ މަސައްކަތުގައި ދެ ޑްރެޖަރު ބޭނުން ކުރަމުންދާއިރު، މަސްދުވަހުގެ ތެރޭގައި އެމަސައްކަތް ނިމޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ކުރިން ވަނީ ވިދާޅުވެފައެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި ވަނީ، 2023 ވަނަ އަހަރުގެ ފަހުކޮޅު އެމްޑީޕީ ސަރުކާރުގައެވެ. އެ މަޝްރޫޢުގެ ތެރެއިން ހިއްކުމަށް ކަނޑައެޅި ބިމަށްވުރެ އިތުރަށް 113 ހެކްޓަރުގެ ބިން ހިއްކުމަށް މިސަރުކާރުން ނިންމައި އެމަޝްރޫޢަށް މި ސަރުކާރުން ވަނީ ބަދަލުތައް ގެނެސްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް