ޑޮކްޓަރ ފައިސަލް އައިޖީއެމްއެޗާއި ގުޅިވަޑައިގެންފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޑރ. މުޙައްމަދު ފައިސަލް ---
ދުވަސް ނުފުރާ ވިހާކުދިންނަށް ފަރުވާދިނުމަށް ޚާއްޞަ ޑޮކްޓަރު ޑރ. މުޙައްމަދު ފައިސަލް އައިޖީއެމްއެޗާއި ގުޅިވަޑައިގެންފިއެވެ.
ޑރ. ފައިސަލް އައިޖީއެމްއެޗްގައި ޚިދުމަތްކުރައްވަން ފެއްޓެވުން ފާހަގަކޮށް، އިއްޔެ އައިޖީއެމްއެޗްއިން ވަނީ، ޑރ. ފައިސަލަށް މަރުހަބާ ކިޔާފައެވެ.
ޑރ. ފައިސަލްއަކީ ދުވަސް ނުފުރާ ވިހާކުޑަކުދިންނަށް ފަރުވާކުރުމުގެ ދާއިރާއިން ސްޕެޝަލް ޑޮކްޓަރަކަށްވީ ފުރަތަމަ ދިވެހި ޑޮކްޓަރެވެ. މީގެ ކުރިން، ޑރ. ފައިސަލް މަސައްކަތް ކުރެއްވީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ.
ރާއްޖޭގައި ދުވަސް ނުފުރާ ވިހާކުޑަކުދިން ސަލާމަތް ކުރުމުގައި، އައިޖީއެމްއެޗުގެ ޚިދުމަތްތަކަކީ، ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. އަދި ރާއްޖޭގެ ހޮސްޕިޓަލްތަކުގެ ތެރެއިން ދުވަސް ނުފުރާ ވިހާ ތުއްތުކުދިންނަށް ޚާއްޞަ ފަރުވާތައް އެންމެ ފުރިހަމައަށް ޤާއިމްކޮށްފައި ވަނީވެސް އައިޖީއެމްއެޗްގެ ނިއޯނޭޓަލް އައިސީޔޫގައެވެ. އައިޖީއެމްއެޗްއިން ވަނީ ބަނޑަށް ފަސްމަސްފުރި ހަމަސް ނުފުރެނީސް ވިހާފައިވާ ކުދިންވެސް ސަލާމަތްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް