ބޯހިޔާ ޕޯޓަލްއަށް ދިމާވި މައްސަލަ ހައްލުކުރުމަށްދަނީ މަސައްކަތް ކުރަމުން: މިނިސްޓްރީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހައުސިން މިނިސްޓަރ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
ބޯހިޔާ ޕޯޓަލްއަށް ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށާއި މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ވިދާޅުވީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން" ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެޕްލިކޭޝަން ހުށަހެޅުގެ ޚިދުމަތް ވަގުތީގޮތުން ވަނީ މެދުކެނޑިފައި ކަމަށެވެ.
މި މައްސަލަ ޙައްލުކުރުމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ދަނީ މަސައްކަތް ކުރަމުން ކަމަށާއި. އަދި މައްސަލަ ޙައްލުވިހާ އަވަހަކަށް އެކަން ޢާންމުކޮށް އަންގާނެ ކަމުގައި އަންގާނެ ކަމަށާއި މި ކަމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމުގައި ހައުސިންގ މިިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ބޯހިޔާ ޕޯޓަލް މިރޭގެ 22:00 ހާއިރު މުޅިން ޑައުންވިއެވެ. ޕޯޓަލްއަށް ވަނުމުގައި ދަތިތަކާއި ކުރިމަތިވާއިރު، މިޕޯޓަލްއަށް ވަނުމަށް ބޭނުންކުރާ އީފާސް ޕޯޓަލްއަށްވެސް ވަނީ ބުރޫއަރާފައެވެ.
ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް މިހާރު ދީފައިވާ ސުންގަނޑި ހަމަވަނީ، މިރޭގެ 23:59އަށެވެ. ޕޯޓަލްއަށް މައްސަލަތައް ދިމާވިއިރު، އެމުއްދަތު އިތުރުކުރުމާއި ގުޅޭ ގޮތުން މިހާތަނަށް ހައުސިންގ މިނިސްޓްރީން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް