ފިޝަރީޒާއި އެގްރިކަލްޗަރ އެއްކޮށްލައި ޝިޔާމް އަލުން ޢައްޔަނުކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމްއަށް މަޤާމުގެ ފަތްކޮޅު އެރުވުން ---
ފިޝަރީޒް މިނިސްޓްރީ އާއި އެގްރިކަލްޗަރ މިނިސްޓްރީ އެއްކޮށްލައްވައި، ޝިޔާމް އަލުން ކެބިނެޓަށް ޢައްޔަނުކުރައްވައިފިއެވެ.
ދެމިނިސްޓްރީ އެއްކޮށްލެއްވުމަށްފަހުގައި، މިހާރު ދެއްވާފައިވާ ނަމަކީ، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ނަމެވެ.
ކެބިނެޓަށް އިއްޔެ ބަދަލުގެނެސް ބައެއް މިނިސްޓަރުން ވަކިކުރައްވައި، އަލުން ކެބިނެޓް އެކުލަވާލައްވައި މިނިސްޓަރުން މަޤާމުގެ ހުވާކުރެއްވި އިރު، މިނިސްޓަރ ޝިޔާމް ހުންނެވީ، ރާއްޖެއިން ބޭރުގައެވެ. އެމަނިކުފާނު އެނބުރި ރާއްޖެވަޑައިގެންނެވީ ރޭގެ އިރާކޮޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލުގެންނަވައި، ބައެއް މިނިސްޓްރީތައް އުވާލައްވައި އަދި އަނެއްބައި މިނިސްޓްރީތަކުގެ މަސައްކަތްތައް އެހެން މިނިސްޓްރީތަކާއި އެއްކޮށްލައްވާފައެވެ.
މިނިސްޓްރީތައް މަދުކުރެއްވި އިރު، ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެމިނިސްޓްރީއަށް އަދި ބޭފުޅަކު ޢައްޔަނެއް ނުކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް