Post banner
ރާއްޖެ

ދެން އޮތީ މިސަރުކާރު ބަލިކުރުން: ފައްޔާޒު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދެން އޮތީ މިސަރުކާރު ބަލިކުރުން: ފައްޔާޒު

ޗެއާޕަރސަން އިންތިޚާބުގެ ކެމްޕޭން ތެރެއިން -- ފޮޓޯ: ހުސައިން ޝާފިއު

ދެން އޮތީ އަޅުގަނޑުމެން އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން ކަމުގައި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، މިއަދު ބޭއްވި އެމްޑީޕީގެ ޗެއާޕަރސަން އިންތިޚާބު ރައީސް ނަޝީދަށް ކާމިޔާބު ކުރެއްވިއްޖެކަން އިޢުލާނުކުރައްވައި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓުގައެވެ.

ފައްޔާޒު ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ސާބަސް ދަންނަވާކަމަށާއި، ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލިކުރުންކަމަށެވެ. އަދި ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި ކަމަށާއި، ރައީސް ނަޝީދަށް އެމްޑީޕީގެ މެމްބަރުން ދެއްވި ވޯޓާއެކު "ބޮޑު ބަދަލު" މި ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިއަދު ފެށިގެން ދިޔައީ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕަރސަން ކަމުގެ މަޤާމަށް ރައީސް ނަޝީދު ވާދަކުރެއްވި އިރު، ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި ފައްޔާޒު ވާދަކުރެއްވުމަށް ތާއީދު ކުރައްވާކަންވެސް ހާމަކުރައްވާފައެވެ. ރައީސް ނަޝީދުގެ ބޮޑު ބަދަލުގައި ފާހަގަކުރައްވާފައި ވަނީ ފައްޔާޒު ދައުލަތުގެ ވެރިޔަކަށް އަދި ރައީސް ނަޝީދު ސަރުކާރު ހިންގުމުގެ ވެރިއަކަށް ހުންނަވާ ގޮތަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް