މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ސުހާ އިބްރާހީމް ކާމިޔާބު ކުރައްވައިފިއެވެ.
ދ. މީދޫ ކައުންސިލްގެ ރައީސަކު ހޮވުމަށް މިއަދު އިތުރުބުރުގެ ވޯޓުލުން ބާއްވާފައި ވަނީ ކައުންސިލްއިންތިޚާބުގައި އެދާއިރާއަށް ކުރިމަތިލި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް އާއި އެމްޑީއޭގެ ކެނޑިޑޭޓު މުޙައްމަދު ޝާހިދުގެ ވޯޓު އެއްވަރުވުމުންނެވެ. އެދެ ކެނޑިޑޭޓުންގެ ވޯޓު އެއްވަރުވީ، ހައިކޯޓުން ކުރި ހުކުމުގައި ބާޠިލްކަމަށް ކުރިން ކަނޑައެޅި އެއްވޯޓަކީ ސައްޙަ ވޯޓެއް ކަމަށް ކަނޑައެޅުމުންނެވެ.
މިއަދުގެ އިންތިޚާބުގައި އެދާއިރާގެ ތިން ފޮށިންވެސް ކުރި ހޯއްދަވާފައި ވަނީ ސުހާއެވެ.
ސުހާއަށް 529 ވޯޓު ލިބުނު އިރު ޝާހިދަށް ލިބުނީ 449 ވޯޓެވެ. މިދާއިރާއަށް ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ތެރެއިން 93.9 އިންސައްތަ މީހުން ވޯޓުލާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް