Post banner
ރާއްޖެ

އަލިފާން ރޯވި ދޯނި އަޑިޔަށް ގޮސް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަލިފާން ރޯވި ދޯނި އަޑިޔަށް ގޮސް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ

ދޯނީގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ --- ފޮޓޯ: އެމްއެންޑީއެފް

މިއަދު މެންދުރު ފަހު މާލެ އަތޮޅުތެރެއިން އަލިފާން ރޯވި ދޯނި އަޑިޔަށް ގޮސް ދޯންޏާއި ދޯނީގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

މިއަދު 14:55 ހާއިރު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯންޏެއްގައެވެ. އެދޯނި މިހާރު ވަނީ އަޑިޔަށް ގޮސްފައި ކަމަަށާޢި، ބައެއް ތަކެތި ކ.ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލު ބޭރުން ދެކުނަށް އޮޔާދާތީ، އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިިލްތިމާސްކުރައްވާކަމުގައި އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އެ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި އިރު 15 މީހުން ތިއްބެވެ. އޭގެ ތެރެއިން 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަލިފާނުގެ ހާދިސާގައި އަނިޔާ ލިބުނު މީހުންނަށް މިއަދު ހަވީރު ވަނީ މާލެ ގެނެސް ފަރުވާދޭން ފަށާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް