ރައީސް ނަޝީދު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރީގެ ރައީސް މުޙައްމަދު ނަޝީދު --
އެމްޑީޕީގެ ޗެއަރޕާސަން ކަމާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުު ހަވާލުވެވަޑަިއގެންނެވުމަށްފަހު މިރޭ، އެޕާޓިގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި މިރޭ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލު ކުރެއްވުން ބާއްވާފައި ވަނީ އެމްޑީޕީގެ ހަރުގޭގައެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް މާދަމާރޭ ބޭއްވުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ.
މިބައްދަލުވުމުގެ އިތުރުން މިއަދު ރައީސް ނަޝީދު ވަނީ، އެމްޑީޕީގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއިވެސް މިއަދު، އެމްޑީޕީގެ އޮފީހުގައި ބައްދަލު ކުރައްވާފައެވެ.
އެމްޑީޕީގެ އިސްބޭފުޅުންގެ ތެރެއިން ރައީސް ނަޝީދު ބައްދަލު ކުރެއްވި ބޭފުޅުންގެ ތެރޭގައި، ސިޓީތަކުގެ މޭޔަރުންނާއި، އެމްޑީޕީގެ ރައީސްގެ އިތުރު ޗެއާޕަރސަންގެ އިންތިޚާބުގައި އެމަނިކުފާނާއި ވާދަކުރެއްވި މީކާއީލް ނަސީމްވެސް ހިމެނިވަޑައިގަންނަވައެވެ.
ރައީސް ނަޝީދު ގެންދަވަނީ، އެމްޑީޕީގެ މަސައްކަތްތައް އަވަސްކުރައްވައި ހަލުވިކުރެއްވުމަށް މަސައްކަތްތައް ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް