Post banner
ރާއްޖެ

ގެއްލުނު މީހުންނާއި ދޯނި ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެއްލުނު މީހުންނާއި ދޯނި ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

އެމްއެންޑީއެފްގެ އުޅަނދެއް --

ފްރެންޑް 4 ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ފާއިތުވި 5 ދުވަހުގެ ތެރޭގައި ބޮޑު ސަރަހައްދެއް ބެލިފައިވާ ކަމަށާއި އެހެން ނަމަވެސް ދޯންޏާއި ގެއްލުނު ތިން މީހުން މިހާތަނަށް ފެނިފައި ނުވާކަމުގައި އެމްްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ފްރެންޑް 4 ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 7512 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައިވާ ކަމަށެވެ.

އެ ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން، ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި، ގއ. ވިލިގިލީ ޕޮލިސް ސްޓޭޝަންގައި ވަޒީފާއަދާކުރަމުން ދިޔަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓު ޢަލީ ނާފިޢު (33އ) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓު އިބްރާހީމް އަޙްމަދު (39އ) އެވެ.

ބުދަ ދުވަހުގެ ރޭ ހުވަދޫކަނޑަށް އަޑިޔަށް ދިޔަ، ފްރެންޑް 4 ދޯންނާއި، އެދޯނި އަޑިޔަށްދިޔަ ހާދިސާގައި ގެއްލުނު. ސަލާމަތީ ޚިދުމަތްތަކުގެ ދެ އޮފިސަރުންނާއި، ދޯނީގެ ކެޕްޓަން ހޯދުމަށް ބޭރުގެ ފަންނީ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ފޮރިން މިނިސްޓްރީ އިއްޔެ ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް ފޮރިން މިނިސްޓްރީ ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް