Post banner
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ މިދައުރު އޮގަސްޓް 20 އާއި ހަމައަށް އިތުރުކުރަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައްޔިތުންގެ މަޖިލީހުގެ މިދައުރު އޮގަސްޓް 20 އާއި ހަމައަށް އިތުރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިިލީހުގެ މިދައުރު އޮގަސްޓް މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އިތުރުކުރުމަށް ނިންމާފައިވާ ކަމުގައި މަޖިލީހުގެ ރިޔާސަތު އިޢުލާނުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގެ މިދައުރު ނިމެނީ، އޮގަސްޓް 15 ވަނަ ދުވަހަށް ނަމަވެސް ދައުރުގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައި ވަނީ، މަޖިލީހުގައި ނިންމަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުން ކަމަށެވެ. އެގޮތުން މަޖިލީހުގެ ދައުރު 20 އޮގަސްޓާއި ހަމަައަށް އިތުރު ކުރުމަށް މިއަދުގެ ޖަލްސާގެ ވޯޓުގަޑީގައި ވޯޓަށް އަހާނެކަމުގައި ޢަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރު ފެށުނީ ޖޫން މަހުގެ 1ވަނަ ދުވަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި ހުށައަޅާފައިވާ ބިލްތަކުގެ ތެރެއިން، ކައުންސިލްތަކުގެ އިޙްތިސާސްގައި ހިމެނޭ ބިންތައް ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި އަތުލެވޭގޮތަށް، ލާމަރުކަޒީ ޤާނޫނަށް އިސްލާޙް ގެނައުމަށް ހުށައަޅާފައިވާ ބިލުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ދައުރު ދަންމާލަނީ، އެބިލް ފާސްކުރުމަށް ކަމަށް ވަނީ ބެލެވިފައެވެ. އެބިލާއި ދެކޮޅަށް މިހާރު ދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް