ރައީސް ނަޝީދުގެ ކާމިޔާބީއަށް މަރުޚަބާ ދަންނަވައި ރައީސް ޞާލިޙް އެދިވަޑައިގަތީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރީގެ ރައީސް އިބްރާހީމް މުަޙައްމަދު ޞާލިޙް --- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ޗެއާޕަރސަންގެ އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޚަބާ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް މަރުޚަބާ ވިދާޅުވެ، ރައީސް ސޯލިޙް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް މިވަގުތު ވަރަށް ގިނަކަމަށާއި، އެ މަސައްކަތްތައް ކުރުމުގައި ރައީސް ނަޝީދުގެ ތަޖުރިބާ ގެ އަލީގައި ކުރިއަށްވަޑައިގަންނަވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ، އަނެއްކާ ވެސް އެމްޑީޕީން ފެނިގެން މިދިޔައީ ޕާޓީ ގެ އެތެރޭގެ ޑިމޮކްރެސީ ފައްކާވެ ފުރިހަމަ ވަމުން އަންނަތަންކަމާއި، އެންމެން އެކީގައި ޕާޓީއާއިގެން ކުރިޔަށްދާންވީ ކަމަށެވެ.
ރައީސް ޞާލިޙް ވަނީ އިންތިޚާބުގައި ވާދަ ކުރެއްވި މީކާއީލް އަޙްމަދު ނަސީމް ކުރެއްވި މަސައްކަތް ވަރަށް ކައިރިން ދުށް މީހެއްގެ ހައިސިއްޔަތުން މީކާއީލަށްވެސް މަރުޙަބާ ވިދާޅުވެފައެވެ. އަދި މީކާއީލްގެ ސިޔާސީ މުސްތަޤުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމުގައި ވިދާޅުވެ ރައީސް ޞާލިޙް ވަނީ މީކާއީލަށް ހިއްވަރު ދެއްވާފައެވެ.
އެމްޑީޕީގެ ޗެއާޕަރސަން އިންތިޚާބުގެ ރަސްމީ ވަގުތީ ނަތީޖާ އެމްޑީޕީން އަދި އިޢުލާނެއް ނުކުރެއެވެ. އެހެން ނަމަވެސް ވަރަށް ބޮޑު ތަފާތަކުން މި އިންތިޚާބު ރައީސް ނަޝީދު ކާމިޔާބު ކުރެއްވިކަން މިހާރުވަނީ ކަށަވަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް