Post banner
ރާއްޖެ

ރޯދަމަހުގެ ކަރަންޓް ބިލަށް ރީޑިން ނަގަންފަށަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރޯދަމަހުގެ ކަރަންޓް ބިލަށް ރީޑިން ނަގަންފަށަނީ

ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުގައި --- ފޮޓޯ: ސްޓެލްކޯ

ރޯދަ މަހުގެ ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަރަންޓް ބިލްގެ ރީޑިން ނެގުމުގެ މަސައްކަތް މިހަފްތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހު ކުރިޔަށް ގެންދާނެ ކަމުގައި ސްޓެލްކޯއިން ހާމަކުރައްވައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް 2026 ފެބުރުވަރީ 16 އަދި 17 ވަނަ ދުވަހު ކުރިޔަށް ގެންދާނެ ކަމަށެވެ. އަދު އެކަމުގައި ކަސްޓަމަރުންގެ އެއްބާރުލުން ދެއްވުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.

ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގެއެއްގެ ކަރަންޓު ބިލަށް ދައްކަން ޖެހޭނީ ގިނަވެގެން 400ރ. ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް