ދަމާސް ޞޯލިޙް އޭނާގެ އަމިއްލަ ގޯތީގައި ބިނާކުރެއްވި މިސްކިތް މިއަދު ހުޅުވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަދު ހުޅުވި 'މަސްޖިދު ޒުލައިޙާ މުޙައްމަދު’ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް މުޙައްމަދު ޞާލިޙް (ދަމާސް ސޯލިހް)ގެ އައްޑޫ ހުޅުދޫގައި އޮތް އަމިއްލަ ގޯތީގައި ޢިމާރާތް ކުރެއްވި މިސްކިތް، 'މަސްޖިދު ޒުލައިޙާ މުޙައްމަދު’ މިއަދު ހުޅުވައިފިއެވެ.
މިއަދު ހަވީރު އައްޑޫ ހުޅުދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި، މިސްކިތް ހުޅުއްވައި ދެއްވީ، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، އޮނަރަބަލް މުޙައްމަދު ޞާލިޙުގެ އަމިއްލަ ގޯތި މާތް ﷲ އަށްޓަކައި ވަޤްފުކޮށް މިސްކިތެއް ބިނާކުރައްވާފައިވާތީ އެކަން ފާހަގަކުރައްވާފައެވެ.
މި މިސްކިތަކީ 200 މީހުންގެ ޖާގައިގެ ކުޑަ މިސްކިތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް