ބ އަތޮޅު ބުރުގެ ސެމީ ފައިނަލް މިއަދާއި މިރޭ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބ އަތޮޅު ބުރުގައި ފޯރިގަދަ ކުޅުމަކަށްފަހު ފޯރިގަދަ ސެމީއެއް އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ބ އަތޮޅު ބުރުގެ ސެމީ ފައިނަލްމެޗުތައް މިއަދު ފަށާނެއެވެ.
މިއަދު 16:45 ގައި ދޮންފަނު ޓީމް ގުރޫޕް ބީގެ އެއްވަނައިގެ ގޮތުގައި ނުކުންނާނީ ގުރޫޕް އޭގެ ދެވަނައަށް ދިޔަ އޭދަފުށްޓާއި ދެކޮޅަށެވެ.
މިޜޭ20:45 ގައި ގުރޫޕް ބީގެ ދެވަނަ ޓީމް ތުޅާދޫ އަދި ގުރޫޕް އޭގެ އެއްވަނަ ޓީމް ގޮއިދޫއާއި ދެކޮޅަށް ކުޅޭ މެޗް އޮންނާނެއެވެ. އޭދަފުށީ ފުޓްސަލް ދަނޑުގައި ބ އަތޮޅުބުރުގެ މެޗްތައް ކުރިޔަށްދާ މިމުބާރާތުގައި ބ އަތޮޅުން 6 ޓީމެއް ވާދަކުރިއެވެ.
ގްރޫޕް ސްޓޭޖުން މުބާރާތާއި ވަކިވީ މާޅޮސް އަދި ފެހެންދޫއެވެ.
ބ އަތޮޅުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި އޮގަސްޓްމހުގެ 15 ވަނަ ދުވަހުގެ ރޭގައެވެ.
ޚަަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް