Post banner
ރާއްޖެ

ޑްރަގް އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޑްރަގް އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ސީނިއާ ސާޖަންޓް އަޙްމަދު އާސިފު --- ފޮޓޯ: ޕޮލިސް

އއ އަތޮޅުގައި ޑްރަގް އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ދަންވަރު "ޕޮލިސް ލޯންޗް 57" ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން މަރުވެފައި އޮއްވައި ފެނިފައި ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއާ ސާޖަންޓް އަޙްމަދު އާސިފު ކަމަށެވެ.

އޭނާ މަރުވެފައި އޮއްވައި ފެނިފައި ވަނީ، އޭނާ ގެއްލިގެން، ހޯދަމުން ދަނިކޮށް، މޫދު އަޑީގައި އޮއްވައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އަދި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ފުރަނާ ނެތްކަމުގައި ޞިއްޙީމަރުކަޒުން އޭނާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މިހާދިސާ ފުލުހުންގެ އިދާރާއިން ތަޙްޤީޤު ކުރަމުން އަންނަ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ނުރަސްމީ ގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އެހެން އޮފިސަރުންނާއި އެކު މާލެއިން އއ އަތޮޅަށް ސާޖަންޓް އާސިފް ގޮސްފައި ވަނީ، އެއަތޮޅު ރަށެއްގައި ހިންގާ ޑްރަގް އޮޕަރޭޝަނަކަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ މައުލޫމާތު މިހާތަނަށް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް