ޑޮލަރު ޑެބިޓް ކާޑު ހައްދާ ފަރާތްތަކަށް 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް!
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް
އައު ޑޮލަރު ޑެބިޓް ކާޑެއް ހައްދައި އެ ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިއެެވެ.
ބީއެމްއެލުން ބުނީ، މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައިކުރަންޖެހޭނެ ކަމަށާއި، އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތްތައް ކުރަންޖެހޭނެ ކަމަށެވެ. މި ގޮތުން ޑޮލަރު ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެންނާއި ޓިކެޓް ނަގައިގެންނާއި ޑިޖިޓަލް ޚިދުމަތްތަކަށް ފައިސާދައްކައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމުގައި ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ޑޮލަރު ޑެބިޓް ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ މިޕްރޮމޯޝަން ކުރިޔަށް ގެންދާނީ، މިއަހަރުގެ 30 ޖުލައިގެ ނިޔަލަށް ކަމުގައިވެސް ބީއެލްއެމްއިން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް