ސޯބެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަބްދުﷲ ސޯދިގު (ސޯބެ) މެމްބަރު ކަމުގެ ހުވާކުރެއްވުން -- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ރައްޔިތުން މަޖިލީހުގެ މެމްބަރުކަމުގެ ހުވާކުރައްވައިފި އެވެ.
މިރަސްމިއްޔާރު އޮތީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.
އަބްދުﷲ ސޯދިގު (ސޯބެ) އަށް މެމްބަރު ކަމުގެ ހުވައިލައި ދެއްވީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދެވެ.
މެމްބަރުކަމުގެ ހުވާކުރެއްވުމަށް ފަހުގައި، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ވަނީ، ސޯބެއަށް މަރްޙަބާ ވިދާޅުވެ، މަޖިލީހުގެ ތަޅުމުގައި އެކަން އިޢުލާނުކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ސޯބެ ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތުންނެވެ.
މި އިންތިޚާބުގައި ވާދަކުރެއްވި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި، އަހުމަދު ސައީދު (ސޮޑާ)އަށް 1،313 ވޯޓު ލިބިވަޑައިގެންނެވި އިރު، ސޯބެއަށް ލިބިވަޑައިގެންނެވީ 1،375 ވޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް