މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ތެރެއިން -- ފޮޠޯ އިލެކްޝަންސް
ދ. މީދޫ ކައުންސިގެ ރައީސްގެ މަޤާމަށް މެމްބަރަކު ހޮވުމަށްޓަކައި، ކުރިޔަށް ގެންދާ އިތުރު ބުރުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
ދ. މީދޫ ކައުންސިލަށް ރައީސަކު ހޮވުމަށްޓަކައި އިތުރު ބުރައް ބާއްވަން ޖެހުނީ އެ އިންތިޚާބުގައި ވާދަކުރެއްވި ދެ ކެނޑިޑޭޓެއްގެ ވޯޓު އެއްވަރުވުމުންނެވެ.
މި އިންތިޚާބު ބާއްވަން ޖެހުނީ، 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ދ. މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ހައިކޯޓުން ޙުކުމްކުރުމާއި ގުޅިގެން ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަށް ވާދަކުރެއްވި ދެކެނޑިޑޭޓުންގެ ވޯޓު އެއްވަރުވުމުންނެވެ.
ދ. މީދޫކައުންސިލްގެ ރައީސް ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ، ދ. މީދޫ، ދިލްޝާދުގޭ ސުހާ އިބްރާހީމާއި، އެމްޑީއޭގެ ޓިކެޓުގައި ވާދަކުރައްވާ، ދ. މީދޫ މުޝްތަރީ ވިލާ، މުޙައްމަދު ޝާހިދެވެ.
ދ. މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް މެމްބަރަކު އިންތިޚާބުކުރުމަށް މިއަދު ކުރިޔަށް ގެންދާ އިންތިޚާބުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައި ވަނީ ޖުމުލަ 1049 މީހުންނަށެވެ. މެންދުރު 12 ޖެހުމާއި ހަމައަށް، މި އިންތިޚާބުގައި ވޯޓުލުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން 523 މީހުން ވަނީ ވޯޓުލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް