Post banner
ރަށްރަށުން

ބައިނަލް އަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރަން ނޭކުރެންދޫގައި ހަރަކާތްތަކެއް ހިންގަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބައިނަލް އަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރަން ނޭކުރެންދޫގައި ހަރަކާތްތަކެއް ހިންގަނީ

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ނޭކުރެންދޫގައި ޚާއްސަ ތިންމުގޯލި ކުޅުމުގެ ހަރަކާތަކާއި ޒުވާނުންގެ ފޯރަމެއް ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ނޭކުރެންދޫ ކައުންސިލުން އެ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުން، 2026 ވަނަ އަހަރުގެ ޒުވާނުންގެ ދުވަހުގެ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްދާ މި ތިންމުގޯލި ކުޅުން އޮންނާނީ އޯގަސްޓް 12 ވާ ބުދަ ދުވަހުގެ ހަވީރު 16:15 ގައި އެ ރަށު ބޯޅަދަނޑުގައެވެ.

މި ކުޅިވަރުގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. ވީމާ، މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ފަރާތްތަކުން އޯގަސްޓް 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް ކައުންސިލް އިދާރާއާ ދިމާ ޕާކަށް ވަޑައިގެން ދެއްވުމަށް ނޭކުރެންދޫ ކައުންސިލުން ވަނީ އެދިފައެވެ.

ތިންމުގޯލި ކުޅުމުގެ އިތުރުން، ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޚާއްސަ ފޯރަމެއް ބޭއްވުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ.

ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި މި ފޯރަމް ކުރިއަށްދާނީ، އޯގަސްޓް 12 ވާ ބުދަ ދުވަހުގެ ރޭގަނޑު 20:45 ގައެވެ.

މި ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު 16 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

ޚަބަރު ލިޔުނީ: ޢަލީ ރިޔާޒް - ރަށު ރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް