Post banner
ރާއްޖެ

އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުން މާލެ ގެނެސްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުން މާލެ ގެނެސްފި

އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންނަށް މާލެ ގެންނައިރު އެމްބިއުލާންތައްތައް ތައްޔާރީ ހާލަތުގައި --- ފޮޓޯ: ރައްޔިތުންގެ ނޫސް

މިއަދު މާލެ އަތޮޅު ތެރޭގައި ކަންނެލި ދޯންޏެއްގައި އަލިފާން ރޯވުމާއި ގުޅިގެން އަނިޔާވި މީހުން މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.

"ފްރެޝް 1 " ނަމަކަށް ކިޔާ އެދޯނީގައި އަލިފާނުގެ ހާދިސާ ހިނގިއިރު ދޯނީގައި 15 ފަޅުވެރިން ތިއްބެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެހާދިސާގައި 15 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް މާލެ ގެނެސްފައި ވަނީ މިއަދު މެންދުރުފަހު 15:55 ހާއިރު، ކުރުނބާ މޯލްޑިވްސްގެ އުޅަނދެއްގައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ، 2 ދިވެހިންނާއި 3 ބިދޭސީން ކަމަށެވެ. އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބެއެވެ.

އެ 5 މީހުންނަށްވެސް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް