މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ބެނާތައް ދަމަން ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
"ދަތިވެއްޖެ" ނަމުގައި އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ތައްޔާރުވަމުންދާ މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން، މާލޭގެ އެކި ސަރަހައްދުތަކުގައި ބެނާތައް ދަމަން ފަށައިފިއެވެ.
ބެނާތައް ދެމުމުގެ އިތުރުން، މުޒާހަރާއަށް މީހުން އެއްކުރުމަށާއި، ތާއީދު ހޯދުމަށް ޕޯސްޓަރުތައްވެސް ދަނީ ހަރުކުރަމުންނެވެ. މީގެ އިތުރުން މުޒާހަރާއަށް ތައްޔާރު ވުމުގެ ގޮތުން ކަންމަތީ ޖަލްސާތައްވެސް އެމްޑީޕީން ވަނީ މިއަދު ބާއްވަން ފަށާފައެވެ.
އެމްޑީޕީން ވަނީ، މުޒާހަރާ މަޖީދީމަގުގައި ކުރިޔަށް ގެންދިޔުމަށް ހުއްދަ ހޯދުމަށް ހުށައަޅާފައެވެ. އަދި އެޕާޓީން މުޒާހަރާ ކުރިޔަށް ގެންދަން ބޭނުން ވަނީ މަޖީދީމަގުގައި ކަމަށްވެސް މިއަދު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަމީން ފައިސަލް ވިދާޅުވިއެވެ.
ތަކެތީގެ އަގު އުފުލުމާއި އިންފްލޭޝަން މައްޗަށް ދިއުމަކީ، ސަރުކާރުގެ ނާޤާބިލުކަމުގެ ސަބަބުން މެދުވެރިވާ ހާލަތެއް ކަމުގައި ބުނެ، "ދަތިވެއްޖެ" ނަމުގައި އެމްޑީޕީން ބާއްވާ މުޒާހަރާ ފެށުމަށް ހަމަޖައްސާފައި ވަނީ، ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް