Post banner
ރާއްޖެ

ޝަމްޢާން 25 އަހަރަށް ޖަލަށް ލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޝަމްޢާން 25 އަހަރަށް ޖަލަށް ލައިފި

މިސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު 25 އަހަރަށް ޖަލަށް ލައިފިއެވެ.

ދައުލަތުން އިއްވާފައިވާ ތިން ދައުވާވެސް ޝަމްޢާންގެ މައްޗަށް ސާބިތުވާކަމަށް ނިންމައި، އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ މިއަދުއެވެ.

ޝަމްޢާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލިއެވެ. އެއީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ޙައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމާއި، މަނީ ލޯންޑަރިންގެ ދައުވާއެވެ. މިތިން ދައުވާވެސް ޝަމްޢާންގެ މައްޗަށް ސާބިތުވާ ކަމަށް ވަނީ ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފައި ވެއެވެ.

ޝަމްޢާންއަށް އައި ޙުކުމްތައް:

1- ފޭރުމުގައި ބައިވެރިވުމުގެ ކުށް - 8 އަހަރަށް ޖަލުގައި ބަންދުކުރުން

2- ރަސްމީ ހައިސިއްޔަތު ނުހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށް - 2 އަހަރު ޖަލުގައި ބަންދުކުރުން

3- މަނީ ލޯންޑަރ ކުރުމުގެ ކުށް - 15 އަހަރު ޖަލުގައި ބަންދުކުރުން

މީގެ އިތުރުން ބިދޭސީއެއްގެ އަތުން ފޭރުނު ކަމަށް ބުނާ، 5 ލައްކަ ރުފިޔާ ތިންމަސްދުވަހުގެ ތެރޭގައި އެފަރާތަށް ހަވާލުކުރުމަށްވެސް ވަނީ އަންގާފައެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަޤާމުގައި ހުންނަވަނިކޮށް، ޝަމްޢާން މަޤާމުން ވަކިކުރީ، 2025 މާރިޗު 21 ވަނަ ދުވަހުގައެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އޭގެ އެއްދުވަސް ފަހުން 2025 މާރުޗު 22 ވަނަ ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޟިރުކުރުމަށް ފަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް