އެފްއެސްއެމްގެ ތެޔޮބޯޓެއް އުނގޫފާރު ނެރުމައްޗަށް އުރިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އުނގޫފާރު ނެރުފައިކަށްޓަށް ތެޔޮބޯޓެއް އުރުން --- ފޮޓޯ: ޢަބްދުﷲ ޢަލީ
އުނގޫފާރު ނެރުމައްޗަށް އެފްއެސްއެމްގެ ތެޔޮބޯޓެއް އެރިއްޖެއެވެ.
މިހާދިސާ ހިނގާފައި ވަނީ މިރޭގެ 8:40 ހާއިރުގައެވެ. ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބޯޓުގައި ތެޔޮ ހުރިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އުނގޫފާރު ކައުންސިލްގެ ރައީސް މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ، ބޯޓު ނެރުމައްޗަށް އުރުނީ، އުނގޫފާރަށް ތެޔޮއަޅަން ވަންނަނިކޮށް ކަމަށެވެ. އަދި އެ ނެރަކީ ތިލަ ނެރަކަށް ވުމާއި އެކު ބޯޓު ބީހި ނެރު ފައިކަށިމައްޗަށް ލައްވީ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
އުނގޫފާރު ކަައުންސިލްގެ ރައީސް މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ، އުނގޫފާރު ނެރު ތިލަވެ އުޅަނދުތައް ބީހި އަދި ރާޅުބޮޑުވުމުގެ ސަބަބުން އުޅަނދު ފަހަރު ނެރުފައިކައްޓަށް އުރުމާއި ލައްވުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގާ ކަމަށެވެ. އަދި އެކަމުގެ ހައްލެއް ހޯދުމަށް މިދިޔަ ސަރުކާރާއި މިސަރުކާރުގައިވެސް ކައުންސިލުން މަސައްކަތް ކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
އުނގޫފާރު ކައުންސިލްގެ ރައީސް ވިދާޅުވީ، ބަނދަރުގެ ނެރު ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭތޯ ކައުންސިލުން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.
އުނގޫފާރަކީ، ރ. އަތޮޅުގެ ވެރިކަން ކުރާރަށަށް ވުމާއި އެކު އެރަށުގެ ބަނދަރަކީ، އެރަށުގެ އުޅަނދުފަހަރުގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށާއި، އުތުރުގެ އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ނާލު ބޯޓުފަހަރުވެސް ބޭނުން ކުރާ ބަނދަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް