Post banner
ރާއްޖެ

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފުރިހަމަކުރި 137 ކުދިން ސިފައިންގެ ތަމްރީން ފުރިހަމަކޮށް ސިފައިންގެ ވަޒީފާއަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފުރިހަމަކުރި 137 ކުދިން ސިފައިންގެ ތަމްރީން ފުރިހަމަކޮށް ސިފައިންގެ ވަޒީފާއަށް

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކުރި 137 ކުއްޖަކަށް ސިފައިންގެ އަސާސީ ތަމްރީން ފުރިހަމަކުރުމުން ވަޒީފާ ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނު ގެ އެންމެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ވަނީ ދަސްވެނިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިކޯހުން އެކި ވަނަތަށް ޙާޞިލް ކުރި އެންމެހާ ބައިވެރިންނަށް މަރުޙަބާ ވިދާޅުވެ، އަދި ސިފައިންގެ މަތިވެރި ޚިދުމަތަށް ކުރިމަތިލި އެންމެހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާ ކަމުގައިވެސް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯހުގެ 72ވަނަ ބެޗުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަކީވެސް، މީގެ ކުރިން ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2026 މާރިޗު 07 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިންގ ސެންޓަރުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް