Post banner
ރާއްޖެ

ނިޔާވި ޕޮލިސް އޮފިސަރުގެ ޖަނާޒާ މިރޭ އިޝާނަމާދަށް ފަހު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނިޔާވި ޕޮލިސް އޮފިސަރުގެ ޖަނާޒާ މިރޭ އިޝާނަމާދަށް ފަހު

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް. ވާދީ / ހއ. އުލިގަން

ރޭ ފުލުހުންގެ ޕޮލިސް ލޯންޗު 57 ގެއްލުނު، އަދި މޫދު އަޑީގައި މަރުވެފައި އޮއްވައި ފެނުނު، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފްގެ ޖަނާޒާ މިރޭ ޢިޝާނަމާދަށް ފަހު ބޭއްވުމަށް ނިންމައިފިއެވެ.

އާސިފުްގެ މޫނު ދެއްކުން ކުރިޔަށްދާނީ، މިއަދުގެ 16:30 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. އަދި ކަށުނަމާދު ކުރުން އޮންނާނީ މިރޭ ޢިޝާނަމާދަށް ފަހުގައި، އިސްލާމީ މަރުކަޒުގެ މިސްކިތް، މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައެވެ.

އާސިފްގެ ހަށިގަނޑު ވަޅުލުމަށް ހަމަޖައްސާފައި ވަނީ މއ. އާ ސަހަރާގައެވެ.

އާސިފްގެ މަރުގެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާކަމަށް ބުނި ނަމަވެސް މަރުގެ ސަބަބަާއި އަދި އެހާދިސާ ހިނގައިދިޔަ ގޮތާއި ގުޅޭ ގޮތުން މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އާސިފްގެ މަރުގެ ސަބަބު ދެނެގަތުމަށް އޮޓޯޕްސީ ހަދާނެތޯ ކުރި ސުވާލަށްވެސް ފުލުހުން ޖަވާބެއް ނުދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް