ރައީސް ނަޝީދަށް އިންތިޚާބު ކާމިޔާބުވެއްޖެކަން އިޢުލާނުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަދު ބޭއްވި އިންތިޚާބުގައި ރައީސް ނަޝީދު ވޯޓުލައްވަނީ -- ފޮޓޯ: ލޫކަސް
މިއަދު ބޭއްވި އެމްޑީޕީގެ ޗެއާޕަރސަންގެ އިންތިޚާބު ރައީސް ނަޝީދަށް ކާމިޔާބު ކުރެވިއްޖެކަން އެމަނިކުފާނުގެ ސަޕޯޓަރުން އިޢުލާނުކޮށްފިއެވެ.
މިއަދު ބޭއްވި މިއިންތިޚާބުގެ އަތޮޅުތަކާއި މާލޭގެ ގިނަ ފޮށިތަކެއްގެ ނަތީޖާ މިހާރު ލިބިފައިވާއިރު، ތަފާތު ބޮޑުކޮށް ވޯޓުގައި ކުރީގައި އުޅުއްވަނީ ރައީސް ނަޝީދެވެ.
ރައީސް ނަޝީދަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަން އިޢުލާނު ކުރުމަށް މިރޭގެ 10:30އަށް ރައީސް ނަޝީދުގެ ސަޕޯޓަރުން މާލޭގެ އާޓިފިޝަލް ބީޗަށް ޖަމާވުމަށް މިހާރު ވަނީ ގޮވާލާފައެވެ.
މިއިންތިޚާބުގައި މާލެ އާއި އަތޮޅުތަކުންވެސް ގިނަ ފޮށިތަކެއްގައި ވަރަށް ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ، ރައީސް ނަޝީދެވެ.
މިއިންތިޚާބުގައި ވޯޓުލުމަށް މުޅި ރާއްޖޭގައި، 240 ފޮށި އަދި ސްރީލަންކާގައި 1 ފޮއްޓާއި އެކު ޖުމުލަ 241 ފޮށި ވަނީ ބަހައްޓާފައެވެ. މިއިންތިޚާބުގައި އެމްޑީޕީގެ 50،176 މެމްބަރުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް