ޕޭޕަލްގެ ޚިދުމަތް އުރީދޫއިން ރާއްޖެއަށް ތަޢާރަފްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ---
އޮންލައިން ޕޭމަންޓް ޕްލެޓްފޯމް، ޕޭޕަލްގެ ޚިދުމަތް އުރީދޫން މިއަދު ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.
މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިޚިދުމަތް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އުރީދޫއިން ހާމަކުރައްވާފައިވާ ގޮތުގައި، ޕޭޕަލްގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ، އުރީދޫ އެމްފައިސާ މެދުވެރިކޮށެވެ. މިއަދު މިޚިދުމަތް ތަޢާރަފް ކުރުމާއިއެކު، ރާއްޖޭގައި ތިބި ޕޭޕަލްގެ އެކައުންޓްތައް ގެންގުޅޭ ކަސްޓަމަރުންނަށް، އުރީދޫގެ އެމްފައިސާގެ އެކައުންޓާއި ގުޅާލައި ޚިދުމަތް ހޯދޭނެއެވެ. މިކަމަކީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށް، ބައިނަލްއަޤުވާމީ މާކެޓަށް ނުކުރުތުމަށް ރާއްޖޭގެ ޒުވާން މަސައްކަތްތެރިންނާއި ކޮންޓެންޓް ކްރިއޭޓް ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް އެދިތިބި ބަދަލެކެވެ.
ޕޭޕަލްގެ ރާއްޖޭގެ ލޯކަލް ޕާޓްނަރުގެ ގޮތުގައި އުރީދޫ ފިންޓެކް މެދުވެރިކޮށް އުރީދޫ އެމްފައިސާ ހަމަޖައްސާފައި ވަނީ، ޕޭޕަލްގެ މިންގަނޑުތަކާއި އެއްގޮތަށް ސިސްޓަމްތައް އުރީދޫއިން އަޕްގްރޭޑް ކުރުމަށްފަހުގައެވެ. އެންމެ ފުރަތަމަ، މިޚިދުމަތް ފެށުމަށް މަސައްކަތް ކުރީ 2025 ވަނަ އަހަރުގައެވެ.
އުރީދޫއަށް މިދިޔަ އަހަރު އެމްއެމްއޭއިން ވަނީ، އިންވާޑް ރެމިޓެންސް ލައިސަންސް ދޫކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް