ވޯޓުލުމުގެ ވަގުތު 9:00 އާއި ހަމައަށް އިތުރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްޑީޕީގެ ޗެއާޕަރސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ ނޫސް
މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޗެއާޕަރސަން ހޮވުމުގެ އިންތިޚާބުގައި، ވޯޓުލުމުގެ ވަގުތު މިރޭގެ 9:00 އާއި ހަމައަށް އިތުރުކޮށްފިއެވެ.
އެމްޑިޕީން ހާމަކޮށްފައިވާ ގޮތުގައި، ވޯޓުލުމުގެ ވަގުތު އިތުރުކުރީ، މޫސުން ގޯސްވެ ދަތިތަކެއް ދިމާވެ ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުން ލަސްވުމާއި ގުޅިގެންނެވެ. އެންމެ ފުރަތަމަ ވޯޓުލުން ނިންމާ ގަޑިއެއްގެ ގޮތުގައި ހަމަޖައްސާފައި އޮތީ 8:30 އެވެ.
މިއަދު މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވަރަށް މޫސުމްގޯހެވެ. އަދި މޫސުމް ގޯސްވުމުގެ ސަބަބުން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދު ޔެލޯއެލާޓުވެސް ވަނީ ނެރެފައެވެ.
މިއިންތިޚާބުގައި ވޯޓުލުމަށް މުޅި ރާއްޖޭގައި، 240 ފޮށި އަދި ސްރީލަންކާގައި 1 ފޮއްޓާއި އެކު ޖުމުލަ 241 ފޮށި ވަނީ ބަހައްޓާފައެވެ. މިއިންތިޚާބުގައި އެމްޑީޕީގެ 50،176 މެމްބަރުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް