Post banner
ދުނިޔެ

އިންޑިއާ އަސްކަރިއްޔާގެ މަތިންދާ ބޯޓެއް ވެއްޓި 5 މީހުން މަރުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންޑިއާ އަސްކަރިއްޔާގެ މަތިންދާ ބޯޓެއް ވެއްޓި 5 މީހުން މަރުވެއްޖެ

އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި އޭގަތިބި އިންޑިއާ ވައިގެ ސިފައިންގެ 5 މީހުން މަރުވެއްޖެއެވެ.

އެންޑިޓީވީން ހާމަކޮށްފައިވާ ގޮތުގައި އެ ބޯޓު ވެއްޓިފައި ވަނީ، އާސާމްގެ ޖޯރްހަތްގައި އޮންނަ އިންޑިއާގެ އެއާބޭސްއަކަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. ވެއްޓުނު ބޯޓަކީ، 'އެންޓޮނޯވް އެން-32' މަރުކާގެ މަތިންދާބޯޓެކެވެ. މިއީ ގަދަ ވިއްސާރައިގައިވެސް ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ ބޯޓެކެވެ. މިބާވަތުގެ 100 ވުރެ ގިނަ ބޯޓު އިންޑިއާގެ ވައިގެ އަސްކަރިއްޔާގައި ބޭނުން ކުރެއެވެ.

މިހާދިސާގައި ވައިގެ ސިފައިންގެ 5 މީހުން މަރުވެފައިވާކަން އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން ހާމަކޮށްފައި ވީނަމަވެސް އެމީހުންގެ ތަފްސީލެއް އަދި ބޯޓު ވެއްޓުނު އިރު އޭގައި ތިިބީ ކިތައް މީހުންކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާ ސަރުކާރުން ބުނެފައި ވަނީ އެ ހާދިސާ ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް