Post banner
ދުނިޔެ

ޔަމަނުގެ "ސްޕައިޑަރ މޭން" އަލިފާން ފަރުބަދައެއްގެ ތެރެއަށް ވެއްޓި މަރުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޔަމަނުގެ "ސްޕައިޑަރ މޭން" އަލިފާން ފަރުބަދައެއްގެ ތެރެއަށް ވެއްޓި މަރުވެއްޖެ

ޔަމަނުގެ "ސްޕައިޑާ މޭން"ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ، އަލްޤަޢުޤާ ބިން އަންތަރު ---

ސޯޝަލް މީޑިއާގައި، "ސްޕައިޑާ މޭން"ގެ ނަމުން ޔަމަނުގެ މީހުންގެ މެދުގައި މަޝްހޫރުވެފައިވާ، އަލްޤަޢުޤާ ބިން އަންތަރުު، އަލިފާން ފަރުބަދައެއްގެ ތެރެއަށް ވެއްޓި މަރުވެއްޖެއެވެ.

ޔަމަނާއި އަދި ދުނިޔޭގެ އެކިކަން ކޮޅުތަކުގައި، ޔަމަނުގެ "ސްޕައިޑާ މޭން"ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ، އަލްޤަޢުޤާ ބިން އަންތަރަކީ، ފަރުބަދަތަކުގެ ކުންނާއި، އުސްގަނޑުތަކާއި ހިލަތަކުގެ ތެރޭގައި، ސަލާމަތީ ވަސީލަތްތަކާއި ނުލައި ސްޓަންޓް ހެދުމުގައި މަޝްހޫރުކަން ހޯދި ޒުވާނެކެވެ.

އަލްޤަޢުޤާ ބިން އަންތަރުު މަރުވެފައި ވަނީ، ޔަމަނުގެ ވެރިރަށް ސަންޢާގެ ބޭރުގައި އޮންނަ، އަލް ހައްރާގައި ހުންނަ ދުމަތު އަލް ޖަންދަލް އަލިފާން ފަރުބަދައިގެ އަނގައިގެ ތެރެއަށް ވެއްޓިގެންނެވެ، ދުމަތު އަލް ޖަންދަލް އަލިފާން ފަރުބަދައިގެ އަނގަމަތީގައިވާ އޭނާގެ މަޝްހޫރު ސްޓަންޓެއް ހަދަމުން ދަނިކޮށް ފައިކައްސާލައިގެން އޭނާ ވެއްޓުނީ، 120 މީޓަރު ފުނުގައި، އަލިފާން ފަރުބަދައިގެ އެތެރޭގައި އޮތް ފެންގަނޑުގެ ތެރެއަށެވެ. އެފެންގަޑަކީ، ނުރައްކާތެރި ކެމިކަލްތަކާއި، އަދި އަލިފާން ފަރުބަދައިގެ އަޑީގައިވާ ވިރިކެކޭ ދިޔާ އަލިފާނުގެ ސަބަބުން އަބަދުވެސް ހޫނުވެފައި އޮންނަ ފެންގަނޑެކެވެ.

Uploaded image

ސަންޢާގެ ސިވިލް ޑިފެންސް ފޯސްއިން ބުނެފައި ވަނީ، އަލިފާން ފަރުބަދައިގެ އަނގައިގެ ތެރޭގައިވާ ފެންގަޑު އޮތްލެއް ފުންކަމާއި އެތަނުގެ ނުރައްކާތެރިކަމުން، އަލްޤަޢުޤާ ބިން އަންތަރު ހޯދުަމަށް ކުރަންޖެހޭ މަސައްކަތަކީ ރެސްކިއު ޓީމްތަކަށްވެސް އިންތިހާއަށް ނުރައްކާތެރި މަސައްކަތެއް ކަމަށެވެ.

ދުމަތު އަލް ޖަންދަލް އަލިފާން ފަރުބަދައަކީ، މީގެ އެތައްހާސް އަހަރެއްކުރިން ގޮވާފައިވާ އަލިފާން ފަރުބަދައެކެވެ، މިފަރުބަދައިގެ އެންމެ އުސްކުންނުގައި އޮންނަނީ، އެތައް ސަތޭކަ މީޓަރެއްގެ ފުނަށް ދެމިގެން ގޮސްފައިވާ ފުންވަޅުގަނޑެކެވެ. އަދި އެވަޅުގަނޑުގެ ތެރޭގައި އޮންނަނީ ބޮޑު ފެންގަނޑެއްވެސް އުފެދިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް