Post banner
ރާއްޖެ

ހޯމް މިނިސްޓަރު އެދިވަޑައިގެންނެވި ގޮތަށް، ފުލުހުން ޝަމްޢާންގެ ވާހަކަތައް ދޮގުކޮށް ބަޔާނެއް ނެރެދީފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހޯމް މިނިސްޓަރު އެދިވަޑައިގެންނެވި ގޮތަށް، ފުލުހުން ޝަމްޢާންގެ ވާހަކަތައް ދޮގުކޮށް ބަޔާނެއް ނެރެދީފި

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު، ހޯމް މިނިސްޓަރ ޢަލީ އިހްސާނަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކުރެއްވި ތުހުމަތުތަކާއި ގުޅިގެން، ޝަމްޢާންގެ މައްސަލަ ހިނގާފައިވާ ގޮތް ސާފުކޮށްދިނުމަށް މިނިސްޓަރ ޢަލީ އިޙްސާން ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި އެދިވަޑައިގެންނެވުމާއި އެއްގޮތަށް ފުލުހުން މިއަދު ބަޔާނެއް ނެރެދީފިއެވެ.

ހޯމް މިނިސްޓަރ ޢަލީ އިޙްސާނާއި، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރައްވައި، ޝަމްޢާން ވާހަކަ ދައްކާފައި ވަނީ، މި މަހުގެ 9 ވަނަ ދުވަހު އޭނާގެ މައްޗަށް 25 އަހަރުގެ ޖަލުޙުކުމެއް އިއްވުމަށް ބޭއްވި ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން މީޑިއާތަކަށް ދެއްވި ބަސްދީ ގަތުމުގައްޔާއި ސޯޝަލް މީޑިއާގައި އޭނާކުރެއްވި ޕޯސްޓްތަކުގައެވެ.

ހޯމް މިނިސްޓަރ ޢަލީ އިޙްސާނުގެ މައްޗަށް ޝަމްޢާން ތުހުމަތު ކުރައްވާފައި ވަނީ، ބޯޑަރކޮންޓްރޯލްގެ ކަންކަމުގަޔާއި ބިދޭސީންނާއި ގުޅުން ހުރި ކަންކަމުގައި، މިނިސްޓަރ އިޙްސާން ނާޖާއިޒު މަންފާ ހޯއްދަވާކަމުގެ ތުހުމަތެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ޝަމްޢާން ކުރައްވާފައިވާ ތުހުމަތަކީ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް މަސައްކަތް ނުކުރެއްވުމުގެ ތުހުމަތެވެ.

މިއަދު ފުލުހުންގެ އިދާރާއިން ނެރުނު 2 ސަފްޙާގެ ދިގު ބަޔާނުގައި، ބުނެފައި ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ހުރިހާ ތަހުގީގު ތަކަކީވެސް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށްގެންދާ ތަހުގީގުތަކެެއް ކަމަށެވެ. އަދި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ ކުރެވޭ ކޮންމެ ތުހުމަތަކާ ގުޅޭގޮތުންވެސް، އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމެއް ދިރާސާކޮށް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ހާމަކޮށްފައި ވެއެވެ.

ފުލުހުންގެ އިދާރާގެ ބަޔާނުގައި، ޝަމްޢާާނުގެ މައްޗަށް ހިންގުނު ތަޙްޤީޤާއި ގުޅޭ މައުލޫމާތުގެ ތަފްސީލް ހާމަކޮށްފައިވާއިރު، އެތަޙްޤީޤަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް