ސޯބެ މެމްބަރު ކަމުގެ ހުވާކުރެއްވުން ހޯމަ ދުވަހު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޢަބްދުﷲ ސޯދިޤު )ސޯބެ( ---
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި، ޢަބްދުﷲ ސޯދިޤު (ސޯބެ) މެމްބަރު ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ ނޫހަށް މައުލޫމާތު ދެއްވަމުން، ޢަބްދުﷲ ސޯދިޤު (ސޯބެ) ވިދާޅުވީ، މެމްބަރު ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު، މި ޖޫން މަހުގެ 15ވާ ހޯމަ ދުވަހު ހެނދުނު ބޭއްވުމަށް ހަމަޖައްސަވާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންގަވާފައިވާ ކަމަށެވެ.
ސޯބެ ހޯމަ ދުވަހު، މަޖިލީހުގެ މެމްބަރުކަމުގެ ހުވާކުރައްވާއިރު، އެދުވަހަކީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާވެސް އޮންނަ ދުވަހެކެވެ. އެހެންކަމުން ހޯމަ ދުވަހުންފެށިގެން ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ އުތުރުދާއިރާ ދެން ތަމްސީލް ކުރައްވަމުން ގެންދަވާނީ ސޯބެއެވެ. އެދާއިރާގެ ގޮނޑި ކުރިން ފުރުއްވަމުން ގެންދެވީ ޕީއެންސީގެ މެމްބަރު ޝިނާނެވެ. އޭނާއަށް ގޮނޑި ގެއްލުނީ، ސާބިތު ދަރަނީގެ މައްސަލައެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް