Post banner
ރާއްޖެ

އެމްޑީޕީގެ ޗެއަރޕަރސަން ހޮވާ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމްޑީޕީގެ ޗެއަރޕަރސަން ހޮވާ އިންތިޚާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން --- ފޮޓޯ: ލޫކަސް

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕަރސަންގެ މަޤާމަށް މީހަކު ހޮވުމަށްޓަކައި ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

މިއިންތިޚާބުގައި ވޯޓުލުމަށް މުޅި ރާއްޖޭގައި، 240 ފޮށި އަދި ސްރީލަންކާގައި 1 ފޮއްޓާއި އެކު ޖުމުލަ 241 ފޮށި ވަނީ ބަހައްޓާފައެވެ.

އިންތިޚާބުގެ ވޯޓުލުން ފަށާފައި ވަނީ މެދުރުފަހު 2:30 ގައެވެ. މި އިންތިޚާބުގެ ވޯޓުލުން ނިންމުމަށް ކަނޑައަޅާފައިވާ ގަޑިއަކީ މިރޭގެ 8:30 އެވެ.

މި އިންތިޚާބުގައި ވާދަކުރައްވަނީ، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝިދާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމެވެ. މިއިންތިޚާބުގެ ކެމްޕޭން ގޮސްފައި ވަނީ ވަރަށް ފޯރިގަދަކޮށެވެ.

މިއިންތިޚާބުގައި އެމްޑީޕީގެ 50،176 މެމްބަރުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް