މުޒާހަރާ ސިލްސިލާ ގޮތެއްގައި ކުރިޔަށް ދާނެ ކަމަށް އެމްޑީޕީން ބުނެފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވަޒީފާ ބުރާސްފަތީގެ ނަމުގައި، މިރޭ އެމްޑީން މުޒާހަރާ ކުރާފަށާއިރު، އެއީ ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާނެ މުޒާހަރާއެއް ކަމުގައި އެމްޑީޕީން ބުނެފިއެވެ.
މިރޭ ބާއްވާ މުޒާހަރާ އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، މާލެ އާ ސިޓީތަކުގައިވެސް މިރޭ މުޒާހަރާ ކުރިޔަށް ދާނެ ކަމަށެވެ. މިރޭގެ މުޒާހަރާ ފެށުމަށް ހަމަޖައްސާފައި ވަނީ، ރޭގަނޑު 8:30ގައި ރަސްފަނުންނެވެ. ޔަޢުޤޫބު ވިދާޅުވީ، މުޒާހަރާގައި އެމްޑީޕީގެ ޗެއަރޕާސަންގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މީގެ އިތުރުން މިރޭގެ މުޒާހަރާގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެމްޑީޕީން މިރޭ ބާއްވާ މި މުޒާހަރާއަކީ، ސަރުކާރާއި ޚިޔާލު ތަފާތުވާ ފަރާތްތައް ސަރުކާރުގެ ވަޒީފާތަކުން ވަކިކުރަމުންގެންދާތީ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ބާއްވާ މުޒާހަރާއެކެވެ. ސަރުކާރުން އަންނަނީ ސިޔާސީ ޚިޔާލުތަފާތުވާ މީހުން ވަޒީފާތަކުން ވަކިކުރަމުންނެވެ. އަދި ވަޒީފާތަކުން ވަކިކުރާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް