Post banner
ރާއްޖެ

ގޯތި ގެދޮރު ސްކީމުން މާލެ ސަރަހައްދުން ފްލެޓަށް ފޯމް ހުށައެޅީ އެންމެ 112 މީހުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގޯތި ގެދޮރު ސްކީމުން މާލެ ސަރަހައްދުން ފްލެޓަށް ފޯމް ހުށައެޅީ އެންމެ 112 މީހުން

ހުޅުމާލެ ފޭސް 2- ފޮޓޯ: ރައްޔިތުންގެ ނޫސް

ސަރުކާރުން ކުރިޔަށް އިއުލާނުކުރި، ބޯހިޔާވަހިކަމުގެ ސްކީމުތަކުގެ ތެރޭގައި ހިމެނޭ، ގޯތި ގެދޮރު ސްކީމުން ފްލެޓަށް އެދި ހުށައަޅާފައި ވަނީ އެންމެ 112 މީހުން ކަމުގައި ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ރޭ ހައުސިންގ ސްކީމްތަކަށް ފޯމު ހުށައެޅުމުގެ މުއްދަތު ހަމަވެ، ފޯމު ހުށައެޅުން ބަންދުކުރިރު، އާއިލީ ބޯހިޔާވަހި ކަމުގެ ސްކީމަށް ހުށައެޅި މީހުންނާއި އަޅައިކިޔާއިރު، ގޯތި ގެދޮރު ސްކީމުން ފްލެޓާއި ގޯއްޗަށް އެދި ހުށައެޅި މީހުންގެ އަދަދު މަދެވެ. އާއިލީ ބޯހިޔާވަހިކަމަށް 45،644 މީހުން ފްލެޓާއި ގޯއްޗަށް ފޯމު ހުށައެޚި އިރު، ގޯތި ގެދޮރު ސްކީމަށް ފޯމު ހުށައަޅާފައި ވަނީ، 12861 މީހުންނެވެ. މިސްކީމުން ފްލެޓަށް އެދި ފޯމް ހުށައެޅި މީހުންގެ އަދަދު އާދަޔާއި ޚިލާފަށް މަދެވެ. މިގޮތުން ގޯތި ގެދޮރު ސްކީމުން 112 މީހުން ފްލެޓަށް ހުށައަޅާފައިވާއިރު، އާއިލީ ބޯހިޔާވަހިކަމުގެ ސްކީމުން ފްލެޓަށް އެދި ހުށައެޅި މީހުންގެ އަދަދު 35،818އަށް އަރައެވެ. އަދި ދެ ސްކީމް އެއްކޮށް ޖުމުލަ، 58،505 މީހުން ފޯމް ހުށައަޅާފައިވާކަމަށް ހައުސިން މިނިސްޓްރީން ހާމކޮށްފައިވެއެވެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް