Post banner
ރާއްޖެ

ސޯބެއަށް ކެމްޕޭން ކޮށްދިން ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސޯބެއަށް ކެމްޕޭން ކޮށްދިން ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ މެމްބަރު ޢަބްދުﷲ ޞާދިޤު އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، ޢަބްދުﷲ ޞާދިޤަށް ބައި އިލެކްޝަންގައި ތާޢީދުކޮށް ކެމްޕޭންކޮށްދިން ގިނަބަޔަކު ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށްފައި ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާކުރެއްވި، މެމްބަރު ޞާދިޤު މިހެން ވިދާޅުވީ، ހޯމަދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޞާދިޤު ވިދާޅުވީ، ބައި އިލެކްޝަންގައި، އެމްޑީޕީއަށާއި އޭނާއަށް ތާއީދުކޮށް ކެމްޕޭންކުރި މީހުންގެ ތެރެއިން މިހާތަނަށް 10 ވަރަކަށް މީހުން އެމީހުންގެ ވަޒީފާތަކުން ވަކިކޮށްފައިވާ ކަމަށެވެ. އަދިކެމްޕޭންތަކުގައި ހަރަކާތްތެރިވި މީހުންގެ އިތުރުން ކެމްޕޭނުގައި އެއްގޮތަކަށްވެސް ބައިވެރިނުވާ މީހުންނާއި، އާއިލީގުޅުން އޮންނަ މީހުންވެސް ވަޒީފާއިން ވަކިކޮށްފައިވާކަމުގައިވެސް މެމްބަރު ޞާދިޤު ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، އަދިވެސް އިތުރު މީހުން ވަޒީފާއިން ވަކިކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ސަރުކާރު ހިންގާ ޕާޓީއަށް ކާމިޔާބު ނުކުރެވުމަކީ، ސިޔާސީ ގޮތުން ސަރުކާރަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް