Post banner
ރާއްޖެ

ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރި ޝާންކޮ އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރި ޝާންކޮ އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކޮށްފި

ޝާނީޒް ހާޝިމް )ޝާންކޮ( ރައީސް ނަޝީދާއި އެކު ---

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި، ޝާނީޒް ހާޝިމް (ޝާންކޮ) އަދާކުރަމުން އައި އެޗްޑީސީގެ ވަޒީފާއިން ވަކިކުރީ، އެމްޑީޕީއަށް ސޮއިކުރުމުން ކަމުގައި އޭނާ ބުނެފިއެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވާއިރު، އެޗްޑީސީގައި އޭނާ ވަޒީފާއަދާކުރަމުން އަންނަތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ޝާންކޮށް ފާހަގަކޮށްފައިވާ ގޮތުގައި އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ، ސަރުކާރު ސިޔާސަތުތަކަށް ފާޑުކިޔުމާއި ނިމިދިޔަ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރާކަން ހާމަކޮށް އަދި ފަހުން އެމްޑީޕީއަށް ސޮއިކުރުމުންނެވެ. ވަޒީފާއިން ވަކިކުރުމަށް ދެއްކި ސަބަބުތަކުގެ ދިފާޢުވާންވެސް ފުރުޞަތު ނުދޭކަމުގައިވެސް ޝާންކޮ ވަނީ ބުނެފައެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރުމަކީ ސިޔާސީ ކަމެއްކަން ސާބިތުކޮށްދެނެ ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.

"ނިމިދިޔަ އެމްޑީޕީ ދައުރުގަ އަޅުގަނޑު ހުރީ އެޗްޑީސީ ގަ ފާޅުކަން ބޮޑުކޮށް ޕީޕީއެމް މީހެއްގެ ގޮތުގަ. އެހެންނަމަވެސް ކަނޑައެއް ނުލާ އަދި ތިލަފުއްޓަށް ބަދަލު ވެސް ނުކުރޭ!" ޝާނީޒް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވެއެވެ.

އިދިކޮޅު ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މީހުންނާއި، އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރަމުން ދާއިރު، ބޭއިންސާފުން މީހުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީން މާލޭގައި މިރޭ މުޒާހަރާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް