އައު ޤާނޫނުގެ ދަށުން ރަޖިސްޓްރީވި ފުރަތަމަ ނޫހަކަށް ”ރައްޔިތުންގެ ނޫސް“ވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ ނޫހުގެ ރަޖިސްޓްރީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާވާ މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރަޖިސްޓްރީކޮށްދިން ފުރަތަމަ ނޫހުގެ ގޮތުގައި، ސުލައިމާން މީޑިއާގެ ”ރައްޔިތުންގެ ނޫސް“ ކޮމިޝަނުން ރަޖިސްޓްރީކޮށްދީފިއެވެ.
”ރައްޔިތުންގެ ނޫސް“ ރަޖިސްޓްރީކޮށް ރާއްޖޭގެ ނޫސް މަޖައްލާތަކުގެ ދަފްތަރުގައި ހިމެނިފައި ވަނީ 333 ވަނައިގައެވެ.
”ރައްޔިތުންގެ ނޫސް“އަކީ އައު ޤާނޫނުގެެ ދަށުން ރަޖިސްޓްރީ ކުރެވުނު ފުރަތަމަ ނޫހަށް ވުމާއިއެކު އެކަން ފާހަގަ ކުރުމުގެ ގޮތުން ނޫހުގެ ރަޖިސްޓްްރީ ހަވާލުކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވަފައެވެ. އެމްްއެމްބީސީގެ ފަރާތުން ރައްޔިތުންގެ ނޫހުގެ ރަޖިސްޓްރީ ސުލައިމާން މީޑިއާއަށް ހަވާލުކޮށްދެއްވީ، އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަމްދީ އަޤީލްއެވެ.
އެމްއެމްބީސީން ރައްޔިތުންގެ ނޫސް ރަސްމީކޮށް ރަޖިސްޓްރީކޮށް ދަފްތަރުކޮށްދީފައި ވަނީ 9 ޖޫން 2026ގައެވެ.
އައު ޤާނޫނުގެ ދަށުން މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިންގ އުފެދި އެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދުތައް ނިންމައި، ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމަށް ހުށައެޅުމަށް ކޮމިޝަނުން ފުރުޞަތު ހުޅުވާލީ ހުސްވި މެއި މަހުގެ ތެރޭގައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުގަައި ބަޔާންކޮށްފައިވާ ގޮތުގައި ރަޖިސްޓްރީނުކޮށް ރާއްޖޭގައި ނޫހާއި މަޖައްލާ އަދި ޓީވީއާ ރޭޑިއޯ ފަދަ މީޑިއާގެ ވަސީލަތްތައް ހިންގުމަކީ، މަނާކަމެވެ.
ރައްޔިތުންގެ ނޫހަކީ، ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށްޓަކައި ސުލައިމާން މީޑިއާގެ ފަރާތުން ހިންގަމުން އަންނަ އޮންލައިން ނޫހެކެވެ. ރައްޔިތުންގެ ނޫހަކީ، ސަރުކާރާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސިޔާސީ ފަރާތްތަކުގެ އެެއްވެސް ބާވަތެއްގެ ނުފޫޒެއް ނެތި ހިންގާ ނޫހެކެވެ.
ރައްޔިތުންގެ ނޫހަކީ، އެއްވެސް ފަރާތެއްގެ އަދި އެއްވެސް ބާވަތެއްގެ ނުފޫޒެއް ނެތި ހިންގާ ނޫހަކަށް ހެދުމަށްޓަކައި މިނޫހުގެ ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ނިންމާފައި ވަނީ، އާއްމުރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކު އާއްމުން ހަދިޔާކުރާ ފައިސާގެ އެހީގައެވެ.
އެޑިޓަރުގެ ނޯޓް:
ރައްޔިތުންގެ ނޫހަކީ، ރައްޔިތުން ހިއްސާވާ މިނިވަން ނޫހެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، އާއްމު ރައްޔިތުންގެ ފަރާތުން ދެއްވާ އެހީތެރިކަމަކީ އެންމެ މުހިއްމު މަސްދަރެވެ. ތިޔަބޭފުޅުން ދެއްވާ އެހީ ޖަމާކުރައްވާނީ "ސުލައިމާން މީޑިއާ"ގެ ބީއެމްއެލް އެކައުންޓް: 7730000814787 އަށެވެ. އަދި ކިޔުންތެރިންގެ ފަރާތުން ދެއްވަން ބޭނުންފުޅުވާ، ޚިޔާލެއް އޮތް ނަމަ ވައިބާ ކުރައްވާނީ، ރައްޔިތުންގެ ނޫހުގެ ހޮޓްލައިން، 9415149 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް