Post banner
ރާއްޖެ

ޝަމްޢާން ކުރި ތުހުމަތުތައް މިނިސްޓަރ އިޙްސާން ދޮގުކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޝަމްޢާން ކުރި ތުހުމަތުތައް މިނިސްޓަރ އިޙްސާން ދޮގުކުރައްވައިފި

ހޯމް މިނިސްޓަރ ޢަލީ އިޙްސާން -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ހޯމް މިނިސްޓަރ ޢަލީ އިޙްސާންގެ މައްޗަށް، އިއްޔެ 25 އަހަރަށް ޖަލަށްލި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު ކުރައްވާފައިވާ ތުހުމަތުތައް، ހޯމް މިނިސްޓަރ ޢަލީ އިޙްސާން ދޮގުކުރައްވައިފިއެވެ.

މިނިސްޓަރ އިޙްސަން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި، ވިދާޅުވީ، ޝަމްއާން ކޮށްފައި ވަނީސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ޤަރީނާއެއް ނެތް އިރު، އޭނާ އެހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާއަށްވެސް އޮންނާނީ ހާމަކުރައްވާފައި ކަމަށެވެ.

ޢަލީ އިޙްސާން ވިދާޅުވީ، ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މިމައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފުވާ ކަމަށާއި، މިމައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް މިހާރު ފުލުހުންނަށް ދަންނަވާފައި ވާކަަމަށެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދުގެ މައްޗަށް، ދައުލަތުން އިއްވާފައިވާ 3 ދައުވާވެސް ސާބިތުވާކަމަށް ނިންމައި ކްރިމިނަލްކޯޓުން އިއްޔެ ވަނީ، އޭނާ 25 އަހަރަށް ޖަލަށްލާފައެވެ. ޙުކުމް ކުރުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގެ ކުރިން، ޝަމްޢާން މީޑިއާތަކަށް ދެއްވި އިންޓަވިއުގަޔާއި، އަދި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓުތަކުގައި ވަނީ، ހޯމް މިނިސްޓަރ ޢަލީ އިޙްސާން ކޮރަޕްޝަންގެ ޢަމަލުތައް ހިންގަވަމުން ގެންދަވާ ކަމަށާއި، އަދި އެކަން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ކަމަށް ވިދާޅުވެފައެވެ. އަދި އެވާހަކަތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރެއްވުމުން، ޝަމްޢާން އާއި މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ވާހަކަފުޅު ދެއްކެވި ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ހޯމް މިނިސްޓަރ ޢަލީ އިޙްސާނުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައްކޮށް، ޝަމްޢާން ވާހަކަދެއްކެވި އިރު، ހޯމް މިނިސްޓަރުގެ މައްޗަށް، ސިޔާސީ އިދިކޮޅު ފަރާތްތަކުންވެސް ހަމަ އެތުހުމަތުތައް ކޮށްފައިވެއެވެ. މިގޮތުން ބޯޑަރކޮންޓްރޯލާއި، ބިދޭސީންނާއި ގުޅޭ މައްސަލަތަކުގައި ކަންތައްތައް ކުރަމުންދާ ގޮތާއި، ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި، އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް ވަނީ މިނިސްޓަރ އިޙްސާންގެ މައްޗަށް އެ ތުހުމަތުތައް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް