ވެއްޓުނު އިންޑިއާގެ ރޮކެޓްގެ ބައިތަކެއް ފަޅުރަށަކަށް ލައްވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ލައްވި އިންޑިއާ ރޮކެޓްގެ ބައިތައް -- ފޮޓޯ: ސޯޝަލް މީޑިއާ
އިންޑިއާގެ ސްޕޭސް އޭޖެންސީން މިދިޔަ އަހަރު، ޖައްވަށް ފޮނުވާލި ރޮކެޓްތަކުގެ ތެރެއިން ފެއިލްވެ އިންޑިއާ ކަނޑަށް ވެއްޓުނު ރޮކެޓްގެ ބައިތައް ރާއްޖެއަށް ލައްވެއްޖެއެވެ.
މިތަކެތި ލައްވެފައި ވަނީ ހައްދުންމަތީ ކުނަހަންދޫ ކައިރީގައި އޮތް ފަޅުރަށަކަށެވެ. އެތަކެތި ފެނިފައި ވަނީ މަސްވެރިކަމުގައި ނުކުމެ އުޅުނު ކުނަހަންދޫ މީހަކަށެވެ. ކުނަހަންދޫ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި އެތަކެތި ފެނިފައި ވަނީ މިދިޔަ ހަފްތާގައެވެ.
އެއީ އިންޑިއާގެ ރޮކެޓެއްގެ ބައިތަކެއްކަން އެނގިފައި ވަނީ އެތަކެތި ފެނުނު މީހާ، އެތަކެތި މިއަދު ކުނަހަންދޫއަށް ގެނައުމުންނެވެ. އެއީ އިންޑިއާގެ ޖައްވީ އިދާރާ އިސްރޯގެ ރޮކެޓެއްގެ ބައިތަކެއްކަން އެނގުމާއި އެކު ސަލާމަތީ ޚިދުމަތްތަކުގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމަށާއި، އެތަކެތި ބަލައި ހަވާލުވުމަށް އެމްއެންޑީއެފުން އެރަށަށް ދިޔުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ކައުންސިލްގެ ރައީސް ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް