Post banner
ރާއްޖެ

ރަސްފަންނަށް މޫދަށް އެރުން މަނާކޮށް އެ ބީޗު ބަންދުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރަސްފަންނަށް މޫދަށް އެރުން މަނާކޮށް އެ ބީޗު ބަންދުކޮށްފި

ރަސްފަންނު މޫދުން ކަޅުތެޔޮ ފެނުމާއި ގުޅިގެން މާލޭ ސިޓީކައުންސިލްގެ އިސްވެރިން އެތަން ބައްލަވާލައްވަނީ --

މާލޭގެ ރަސްފަންނަށް މޫދަށް އެރުން މަނާކޮށް މާލޭ ސިޓީ ކައުންސިލުން އެބީޗު ބަންދުކޮށްފިއެވެ.

މާލޭ ސިޓީކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި، ރަސްފަންނަން މޫދަށް އެރުން މަނާކޮށް އެބީޗު ބަންދުކޮށްފައިވަނީ، ރޭ ގިނަ އަދަދެއްގެ ކަޅުތެޔޮ ރަސްފަންނުގެ ގޮނޑުދޮށަށް ލައްވުމާއި ގުޅިގެން އެބީޗުގެ މީދު ވަރަށް ބޮޑަށް ތަޣައްޔަރުވުމުންނެވެ.

އެހެންވެ ތެޔޮތައް ނަގައި ބީޗު ސާފުކުރުމުގެ މަސައްކަތް ކުރަން ޖެހޭތީ އެމަސައްކަތް ނިމެންދެން ވަގުތީ ގޮތުން އެތަން ބަންދުކުރީ ކަމުގައިވެސް މާލޭ ސިޓީކައުންސިލުން ވިދާޅުވެފައި ވެއެވެ.

ރަސްފަންނުގެ މޫދުތެރެއަށް ކަޅުތެޔޮ ވަދެ ތަޣައްޔަރުވުމުގެ މައްސަލައަކީ މީގެ ކުރިންވެސް ދިމާވަމުން އައި މައްސަލައެކެވެ. މިމައްސަލަ ދިމާވަނީ، މާލެ ކައިރީގައި އޮންނަ ބޯޓުފަހަރާއި ދޯނިތަކުން އިންޖީނުން ނަގާ ކަޅުތެޔޮތައް ކަނޑަށް އުކާލާތީއެވެ. މިމައްސަލަ ކުރިމަތި ވަމުން އަންނާނީ އެކަމާއި ގުޅިގެން އާއްމު ރައްޔިތުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް