Post banner
ރާއްޖެ

ޗެއާޕަރސަންގެ ގޮތުގައި ރައީސް ނަޝީދު އެމްޑީޕީގެ މަސައްކަތްތައް ފައްޓަވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޗެއާޕަރސަންގެ ގޮތުގައި ރައީސް ނަޝީދު އެމްޑީޕީގެ މަސައްކަތްތައް ފައްޓަވައިފި

ރައީސް ނަޝީދު ފައްޔާޒު އިސްމާޢީލާއި އެކު އެމްޑީޕީގެ އޮފީހުގައި --

އެމްޑީޕީގެ ޗެއާޕަރސަންގެ އިންތިޚާބު ކާމިޔާބު ކުރެއްވި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ މަސައްކަތްތައް ރަސްމީކޮށް ފައްޓަވައިފިއެވެ.

އިއްޔެވެސް ރައީސް ނަޝީދު ވަނީ، އެމްޑީޕީގެ އޮފީހަށް ވަޑައިގެން، އޮފީހުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ބައްދަލު ކުރައްވާފައެވެ.

މިއަދު ހެނދުނު ރައީސް ނަޝީދު ވަނީ، އެމްޑީޕީގެ އޮފީހަށް ވަޑައިގެން، ފައްޔާޒު އިސްމާއީލާއިވެސް ބައްދަލު ކުރައްވާފައެވެ. ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕަރސަންގެ މަޤާމުގައި ހުންނަވައިގެން ކުރަން ބޭނުންފުޅުވާ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރައްވާފައި ވަނީ، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެމްޑީޕީގެ އާއްމު މެމްބަރުންގެ ރުހުން ހޯދުމެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމައް ފައްޔާޒު އިސްމާއީލް ގެނެސް، ރައީސް ނަޝީދު ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުމަކީ، އެމަނިކުފާނު ހުށައަޅުއްވާފައިވާ ބޮޑު ބަދަލުގައި އެންމެ މުހިއްމު އެއް ލަނޑުދަނޑިއެވެ.

ރައީސް ނަޝީދު ވަނީ މީގެ 20 އަހަރު ކުރިންވެސް އެމްޑީޕީގެ ޗެއާޕަރސަންގެ މަޤާމު ފުރުއްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް