ހުޅުމާލެ ފޭސް 1ގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓް -- ފޮޓޯ: އެންޑީއެމްއޭ
ހުޅުމާލެ ފޭސް 1ގައި މީހުން ދިރިއުޅެމުން އަންނަ ފްލެޓެއްގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ނޭޝަނަލްޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ހާމަކުރައްވާފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ހުޅުމާލެ ފޭސް 1ގެ 141 ނަމްބަރު ފްލެޓް އިމާރާތުގެ އެޕާޓްމަންޓެއްގައެވެ. އަލިފާން ރޯވީ، އެ ފްލެޓްގެ ބަދިގޭގައެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، އެ ހާދިސާގައި އެ އެޕާޓްމަންޓްގައި ދިރިއުޅެމުން އައި 6 މީހަކަށް ދުމިގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން އެތަނުގައި ދިރިއުޅުނު އެއް އާއިލާ (6 މީހުން) އެހެން ތަނަކަށް ބަދަލުކުރުމާއި އެ އާއިލާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީން މިހާރު ދަނީ ކުރަމުން ކަމުގައިވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ފަތިހު އަލިފާން ރޯވީ، ފެންކައްކާ ޕޮޓެއްގައި ރޯވެގެންނެވެ. މިހާދިސާގައި އެ އެޕާޓްމެންޓްގެ ބަދިއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް