ފްލެޓްފޯމް ހުށައަޅާ ބޯހިޔާ ޕޯޓަލް ޑައުންވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން -- ފޮޓޯ: ހައުސިންގ މިނިސްޓްރީ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފޯމް ހުށައެޅުމަށް ޤާއިމްކޮށްފައިވާ ބޯހިޔާ ޕޯޓަލް ޑައުންވެއްޖެއެވެ.
ބޯހިޔާ ޕޯޓަލް ޑައުންވެފައި މިވަނީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމަށް ދީފައިވާ މުއްދަތު މިރޭގެ 23:59އަށް ހަމަވާން ކައިރިވެފައި ވަނިކޮށެވެ.
ޕޯޓަލް ޑައުންވެފައި ވަނީ މިޜޭގެ 22:00 ހާއިރުންފެށިގެންނެވެ. ބޯހިޔާ ޕޯޓަލް ޑައުންވިނަމަވެސް އެކަމާއި ގުޅޭ ގޮތުން މިހާތަނަށް ހައުސިންގ މިނިސްޓްރީން ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.
ބޯހިޔާ ޕޯޓަލް ޑައުންވިކަމަށް ބެލެވެނީ، ފްލެޓާއި ގޯއްޗަށް އެދި ހުށައެޅުމުގެ ސުންގަޑި ގާތްވުމާއި އެކު ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ޕޯޓަލްއަށް ވަނުމަށް މަސައްކަތް ކުރާތީ ކަމަށް ބެލެވިފައިވެއެވެ. ހައުސިންގ މިނިސްޓްރީން ބުނެފައި ވަނީ، ފްލެޓާއި ގޯއްޗަށް ފޯމު ހުށައެޅުމަށް ދީފައިވާ ސުންގަޑި އިތުރު ނުކުރާނެކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސްކީމްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގައެވެ. މިހާތަނަށް ތިން ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް