މީކާއިލް ބަލި ޤަބޫލު ކުރައްވައި ރައީސް ނަޝީދަށް މަރުހަބާ ދަންނަވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަދު ބޭއްވި އިންތިޚާބުގައި މީކާއިލް ވޯޓު ލައްވަނީ --- ފޮޓޯ: އެމްޑީޕީ
މިއަދު ބޭއްވި އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބުގައި ރައީސް ނަޝީދު ހޯއްދެވި ކާމިޔާބީއަށް މަރުޚަބާ ދަންނަވައި، މީކާއީލް ބަލި ޤަބޫލުކުރައްވައިފިއެވެ.
މީކާއިލް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މީގެ އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެމަނިކުފާނަު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވި ކަމަށެވެ. އަދި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގާ ބާއްވާ 2028 މި ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރާނެ ކަމަށާއި، ޕާޓީގެ އާންމު މެންބަރުންނާއި އެކު ދެމިހުންނާނެ ކަމުގައިވެސް މީކާއީލް ވިދާޅުވިއެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ޗެއާޕަރސަން އިންތިޚާބު، ރައީސް ނަޝީދު ކާމިޔާބުކުރައްވާފައި ވަނީ ވަރަށް ބޮޑު އަޣުލަބިއްޔަތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް