Post banner
ދުނިޔެ

އެމެރިކާގެ އިތުރު އެއާކްރާފްޓް ކެރިއަރެއް ގަލްފަށް ފޮނުވަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމެރިކާގެ އިތުރު އެއާކްރާފްޓް ކެރިއަރެއް ގަލްފަށް ފޮނުވަނީ

އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަަވަރެއް ---

އީރާުނުގެ ނިއުކުލިއަރ ޕްރޮގްރާމު ހުއްޓާލުމަށާއި ބެލަސްޓިކް މިސައިލް އުފެއްދުންވެސް ހުއްޓުވުމަށް ބާރު އެޅުމަށް އިރާނަށް ބުރު ދެއްކުމުގެ ގޮތުން، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓު އުފުލާ އިތުރު މަނަވަރެއް ގަލްފަށް ފޮނުވާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވިދާޅުވީ، މިހާރު ކެރީބިއަން ކަނޑުގެ ސަރަހައްދުގައި އޮތް، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ވަރަށް އަވަހަށް ގަލްފު ސަރަހައްދަށް ފޮނުވާނެ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ ހުކުރި ދުވަހު ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޓްރަމްޕް ވިދާޅުވީ، އީރާނާއި އެކު ފަށާފައިވާ ނުސީދާ މަޝްވަރާތައް ކާމިޔާބު ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އީރާނަށް އެމެރިކާ އާއި އެކު އެއްބަސްވުމަށް ނާދެވިއްޖެނަމަ، ހަނގުރާމަ ފަށައިފާނެ ކަމުގެ މޭރުމަކުންވެސް ޓްރަމްޕް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭގެ އިތުރުން އެންމެ ވުން އެދޭ ކަމެއްގެ ގޮތުގައި ޓްރަމްޕް ފާހަގަކުރައްވާފައި ވަނީ އީރާނުގެ ސަރުކާރު ވެއްޓުމެވެ.

އީރާނުގެ ތެރޭގައި ހަމަނުޖެހުންތައް އުފައްދައިގެން، އީރާނުގައި މިހާރު އޮތް އިސްލާމީ ވެރިކަން ބަދަލުކުރުމަށް އެމެރިކާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެމެރިކާއިން އީރާނުގެ ވެރިކަން ބަދަލުކުރުމަށް ބޭނުންވަނީ، ޢިރާޤާއި ލީބިޔާ އާއި ސީރިއާގެ ވެރިކަންތައް ވައްޓާލައި އެޤައުމުތަކުގެ ޤުދުރަތީ ވަޞީލަތްތަކާއި މުއްސަނދިކަން ފޭރިގަތް ގޮތަށް އީރާނާއި މެދުވެސް ޢަމަލުކުރަން ކަމުގައި އީރާނުން އަންނަނީ ބުނަމުންނެވެ.

ބައިނަލްއަޤުވާމީ ރިޕޯޓްތައް ބުނާގޮތުގައި އީރާނާއި ދެކޮޅަށް ހަމަލާއެއް ދިނުމަށް މިހާރު އެމެރިކާއިން ވަނީ ފަސްޖެހިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް