Post banner
ރާއްޖެ

އެމްޑީޕީ ޗެއާޕަރސަންގެ ގޮތުަގައި ރައީސް ނަޝީދު ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި މިރޭ ބައިވެރިވެވަޑައިގަންނަވަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމްޑީޕީ ޗެއާޕަރސަންގެ ގޮތުަގައި ރައީސް ނަޝީދު ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި މިރޭ ބައިވެރިވެވަޑައިގަންނަވަނީ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ޗެއާޕަރސަންގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ފުރަތަމަ ފަހަރަށް މިރޭ ރައީސް މުޙައްމަދު ނަޝީދު ޓީވީ ޝޯވއެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި އެމްޑީޕީން ހާމަކޮށްފިއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމަކީ، ކޮންމެ ރެއެއްގެ 9:15ގައި ރާއްޖެޓީވީން ގެނެސްދޭ ކަރަންޓްއެފެއާޒް ޓޯކް ޝޯވއެކެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕަރސަންކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހުގައި، ޕާޓީގެ މަސައްކަތްތައް ހަލުވި ކުރެއްވުމަށް ގެންދަވަނީ ފިޔަވަޅުތައް އަޅުއްވަމުންނެވެ. މިގޮތުން ޕާޓީގެ އިސްފަރާތްތަކާއި ޤައުމީ މަޖިލީހާއިވެސް ބައްދަލުކުރައްވާފައިވެއެވެ،

ރައީސް ނަޝީދު ގެންދަވަނީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރު ދައުރު ހަމަވުމުގެ ކުރިން ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެ، އެކަމަށް މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ރޭ ބާއްވާފައި ވާއިރު، މިހަފްތާގެ ބުރާސްފަތި ދުވަހުގެރޭ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް