Post banner
ރާއްޖެ

ރަތަފަންދޫ ފޮށިން މީކާއީލް ބޮޑުތަނުން ކުރީގައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރަތަފަންދޫ ފޮށިން މީކާއީލް ބޮޑުތަނުން ކުރީގައި

މިއަދު ބޭއްވި އެމްޑީޕީގެ ޗެއާޕަރސަން އިންތިޚާބުގެ ނަތީޖާތައް ލިބެން ފަށާފައި ވާއިރު، ގދ. ރަތަފަންދޫގައި ބެހެއްޓި ވޯޓު ފޮށިން މީކާއީލް ކުރި ހޯއްދަވައިފިއެވެ.

އަތޮޅުތެރޭގައި ބެހެއްޓި ވޯޓުފޮށިތަކުގެ ނަތީޖާތައް ލިބެން ފަށާފައި ވާއިރު، ރަތަފަންދޫ ވޯޓުފޮށިން ރައީސް ނަޝީދަށް ލިބިވަޑައިގަތީ 24 ވޯޓެވެ. މީކާއިލް އަޙްމަދު ނަސީމަށް 49 ވޯޓު ލިބިވަޑައިގަތެވެ. މިފޮއްޓަށް ވޯޓުލާފައި ވަނީ ޖުމުލަ 73 މީހުންނެވެ.

މިއިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން އެންމެ ފުރަތަމަ ވޯޓުގެ ނަތީޖާ ލިބިފައިވަނީ ލަންކާގައި ބެހެއްޓި ފޮށިންނެވެ. އެފޮށިން، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގަތީ، 37 ވޯޓެވެ. މީކާއީލްއަށް ލިބިވަޑައިގަތީ 11 ވޯޓެވެ.

މި އިންތިޚާބުގައި ބެހެއްޓި ގިނަ ވޯޓުފޮށިތަކެއް މިހާރު ވަނީ ބަންދުކުރަން ފަށާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް